ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/69
އިޢުލާން
ޓެކްނިކަލް އެޙީތެރިކަން ފޯރުކޮށްދިނުމަށް:
ހަނިމާދޫ ކައުންސިލް ނަންބަރު: (IUL)258/258/2023/59 އިޢުލާނަށް އެއްވެސް ފަރާތަކުން ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ހަނިމާދޫ ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް މިދަންނަވާ ކަންކަން 36 މަސް ދުވަހުގެ މުއްދަތަކަށް ބަލަހައްޓަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 އޭޕްރިލް 24 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2023 މޭ 03 ވާ ބުދަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
- ކައުންސިލާއި ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ސާވާރ ސިސްޓަމް ބެލެހެއްޓުން
- ކައުންސިލާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުން.
- ކައުންސިލްގެ ވެބްސައިޓާ އިންޓަރނެޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
މަޢުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ރަމަޟާން 1444
12 އޭޕްރިލް 2023