ދިވެހިރާއްޖެ
އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ
މި އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމާބެހޭގޮތުން ކުރެވުނު ނަންބަރު IUL)269/2014/105)ފ(14 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
Qty |
Description |
LOT |
|
1 |
Signature Pad |
1.a |
LOT1 |
1 |
Fingerprint Capture Device |
1.b |
|
1 |
Scanner |
1.c |
|
1 |
Desktop Computer System |
2.a |
LOT2 |
1 |
Digital Camera with Tripod |
3.a |
LOT3 |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ބޭނުންފުޅުވާ ލޮޓަކަށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ. އަދި އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފުސީލު ތިރީގައިމިވަނީ:
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސް ދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
85% |
އަގު |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު |
( Submitted warranty period / Benchmark warranty period ) x Allocated Percentage |
|
5% |
ވޮރަންޓީ |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެ އޮތޯރިޓީއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ގެންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
17 ރަބީޢުލްއައްވަލް 1436