ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު ADM/2014/468-ފ60 އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިނުވާތީ މިދަންނަވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޤާމު: އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1
އަދަދު: 02
އަސާސީ މުސާރަ: -/3380ރ. އާއި -/4350ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 އަހަރު ދުވަހުގެ)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* ދާއިމީވުމުން ސްޓާފް އިންޝުއަރެންސ ގައި ބައިވެރިކުރެވޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން.
މަޤާމުގެ މަސްއޫލިއްޔަތު:
* ހަރުތަކުގައި މުދާ އެތުރުން
* މުދާތައް ލޭބަލްކުރުން
* މުދަލުގެ މުއްދަތުހަމަވާ ދުވަސް ބެލުން
* ކަސްޓަމަރުންނަށް އެހީތެރިވުން
* ކައުންޓަރުގެ މަސައްކަތްތައް ކުރުން
ތަޢުލީމީ ތަޖުރިބާ:
* ޖީސީއީ އޯލެވެލް ނިންމާފައިވުން
* ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން
* މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344250 ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com