ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓަންޓެއް ހޯދުން (އަލުން އިޢުލާން ކުރުން)

އިޢުލާން

ގާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ހެދިފައިވާ ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އޮތޯރިޓީން 04 އެޕްރީލް 2023 ވަނަ ދުވަހު ކުރި IUL)450-CA/450/2023/21) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވުމުން، އަލުން މި މަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 24 އެޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 26 އެޕްރީލް 2023 ވަނަ ދުވަހުގެ 10:00 އަށް
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.
13 އޭޕްރިލް 2023
ހޯދާ