ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ޝައިން ކްލާހަށް ބޭނުންވާ ތަކެތި ހޯދުން

1  މިމަރުކަޒުގެ ނަންބަރު: (IUL)GS08/2023/11 ޝައިން ކްލާހަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރި އިޢްލާނަށް ހުށައަޅާފައިވާ ބިޑް އެކަށީގެންވާވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ، މި އިޢްލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ޝައިން ކްލާހަށް ބޭނުންވާ ތަކެތި ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަޅުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2  މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2023 އޭޕްރީލް 13 އިން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 24 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޭޕްރީލް 26 ވަނަ ދުވަހުގެ 10:30 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

5  މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

6  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

7  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

 

 

 

 

                                                  

 

13 އޭޕްރިލް 2023
ހޯދާ