ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން މިހާރު ކުރިއަށްދާ "ގެދޮރުވެރިކުރުން" ޕްރޮގޮރާމުގެ ކެޓަގަރީ 1، 2 އަދި 3 ގެ ފޯމު ބަލައިގަތުމާއި، މި ޕްރޮގްރާމާ ގުޅުންހުރި އެންމެހާ އިދާރީ މަސައްކަތްތައް ކުރާނެ ވަގުތީ މުވައްޒަފުން މިކޯޕަރޭޝަނުން ބޭނުންވެއެވެ. މި ޕްރޮގްރާމުގައި އެހީތެރިވާނެ މުވައްޒަފުންގެ ވަޒީފާ ކަންތައްތައް މިކޯޕަރޭޝަނުން ހަމަޖައްސަމުން ދިޔަނަމަވެސް މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީދާ ބެލުމުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.
މަޤާމު: އިންޓާރން (ވަގުތީ މުވައްޒަފުން)
މުއްދަތު: 2 މަސްދުވަސް
ޑިޕާޓްމަންޓް: ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ
ސެކްޝަން: އެސްޓޭޓް ސޭލްސް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެ
އަދަދު: 8
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން މިހާރު ކުރިއަށްދާ "ގެދޮރުވެރިކުރުން" ޕްރޮގޮރާމުގެ ކެޓަގަރީ 1، 2 އަދި 3 ގެ ފޯމު ބަލައިގަތުމާއި، މި ޕްރޮގްރާމާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމާއި ޗެކްކުރުން އަދި ޑޭޓާ އެންޓްރީކުރުން
- ފޯނު ކޯލުތަކަށް ޖަވާބުދާރީވުން
- އަދި މިނޫންވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރަން ހަވާލުކުރެވޭ މަސައްކަތް ކުރުން
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
މުސާރަ: ދުވާލަކަށް -/200ރ
އެލަވަންސްގެ ގޮތުގައި ޖުމްލަ -/85ރ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ސީވީ އަދި އެޓެސްޓެޑް ސެޓުފިކެޓުތަކާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މާލެ އޮފީސް: މައި އޮފީސް:
1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892