ވަޒީފާގެ ފުރުސަތު
|
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި އާއި މުއްދަތު:
|
2 އަހަރު (ވަގުތީ)(ސިވިލް ސަރވިސް ގަވާއިދު 2014 ގެ 112 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އައްޑޫސިޓީ ކައުންސިލްގެ އިދާރާ
|
|
މުސާރަ:
|
5020.00 ރުފިޔާ
|
|
އެލަވަންސް:
|
- 1500.00 ރުފިޔާ ސަރވިސް އެލަވަންސް
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އައްޑޫ ޑެސްޓިނޭޝަން މެނޭޖްމެނެޓް އޮގަނައިޒޭޝަން މެދުވެރިކޮށް ޓޫރިޒަމް ސަޕްލައި އެންޑް ޑިމާންޑް އޮޑިޓް ހެދުމުގެ މަސައްކަތް ކުރުން
- އައްޑޫ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއި އަދި ޓޫރިޒަމް އެލެމެންޓްތަކާއި ހަރަކާތްތައް ތަރައްޤީކުމަށް މަސައްކަތްކުރުމާއި އެފަދަ ހަރަކާތައް ގުޅުވައިގެން ޕާރޓްނާޝިޕްތައް ޤާއިމްކުރުމަށް މަސައްކަތްކުރުން
- ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫގެ ޑެސްޓިނޭޝަން މެނޭޖްމެންޓް އޮގަނައިޒޭޝަނާއި ގުޅިގެން ޓޫރިޒަމް ޕޮލިސީތައް ހާމަނައިޒް ކުރުމުގޮތުން މަސައްކަތްކުރުން
- އައްޑޫގެ ޓޫރިޒަމް ހަރަކާތްތައް ދިރާސާކޮށް ވިޒިޓަރ ޕްރޮފައިލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން
- ޓޫރިޒަމާއި ގުޅުންހުރި މައުލޫމާތާއި ޓޫރިޒަމް ސްޓެޓިސްޓިކް ބެލެހެއްޓުން
- ޑެސްޓިނޭޝަން މެނޭޖްމެންޓް އޮގަނައިޒޭޝަންގެ ވެބް އެޕްލިކޭޝަން އަޕްޑޭޓްކޮށް ބެލެހެއްޓުން
- ޓޫރިޒަމް ޕްރޮޑްކްޓް ޑިޒައިންކުރުމުގެ މަސައްކަތާއި އަދި ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ބްރޭންޑްކޮށް މާރކެޓިން އާއި ޕްރޮމޯޝަންގެ މަސައްކަތް ކުރުން
- ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގައި ބޭއްވޭ ޓޫރިޒަމާއި ގުޅުންހުރި އިވެންޓްތަކާއި، އެގްޒިބިޝަން އަދި ފެއަރ ތަކުގައި ޑެސްޓިނޭޝަން މެނޭޖެމެންޓް އޮގަނައިޒޭޝަނުން ބައިވެރިވެ ހިންގާ ހަރަކާތްކުގައި ބައިވެރިވުމާއި އެފަދަ ހަރަކާތްތަކުގައި އައްޑޫގެ ޓޫރިޒަމް މާކެޓްކުރުމާއި އިޝްތިހާރު ކުރުމުގެގޮތުން މަސައްކަތްކުރުން
- ހޯމް ސްޓޭ އަދި ގެސްޓް ހައުސް ހިންގުމަށް ކައުންސިލުން ފާސްކޮށްފައިވާ އުޞޫލާއި ޓޫރިޒަމާއިބެހޭ ޤާނޫނާއި ގަވައިދުތަކާއި ޓޫރިޒަމް ހަރަކާތައި ގުޅުންހުރި އުސޫލުތައް އައްޑޫސިޓީގައި ތަންފީޛު ކުރުމަށް ޑެސްޓިނޭޝަން މެނޭޖްމެންޓް އޮގަނައިޒޭޝަން އިން ހަވާލުކުރާ މަސައްކަތް ކުރުން
- އައްޑޫގެ ޑެސްޓިނޭޝަން މެނޭޖްމެންޓް ޕްލޭނާއި އަދި އައްޑޫ ސިޓީކައުންސިލާއި ކައުންސިލްގެ ޓޫރިޒަމް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުމުގެގޮތުން އައްޑޫގެ އައިލޭންޑް ޖެނެރަލް މެނޭޖަރ ހަވާލުކުރާ މަސައްކަތްތައް ރާވައި ހިންގުން
|
|
މަޤާމުގެ ޝަރުތުތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ،
'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ،
'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
|
މަސައްކަތުގެ ދާއިރާ:
|
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އަސާސީ ޝަރުތު ހަމަވުމުން - %40
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އިންޓަރވިއު - %50
މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.
ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އެޕްރީލް 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 އެޕްރީލް 25 އާއި 2023 މޭ 17 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނެއް ފަހުން އަންގައި ދެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.
|
|
22 ރަމަޟާން 1444
13 އެޕްރީލް 2023
|