ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމިއުނިޓީ އެންގޭޖްމަންޓް ފެސިލިޓޭޓަރ

މަޤާމު: ކޮމިއުނިޓީ އެންގޭޖްމަންޓް ފެސިލިޓޭޓަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ޝެކްޝަން: މުނިސިޕަލް ސާރވިސަސް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އިޖްތިމާޢީ ހަރަކާތްތައް ރާވައި ހިންގުމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

- އިޖްތިމާޢީ ހަރަކާތްތަކުގައި 12 އަހަރަށްވުރެ ގިނަ ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިކޯޕަރޭޝަނުގެ ފަރާތުން މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހިންގާ އެކިއެކި އިވެންޓުތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

- މުޖްތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް އެންމެ އެދެވިގެންވާފަދަ ގޮތެއްގައި ހިންގުމަށް އިރުޝާދު ދިނުން.

- ހުޅުމާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން މުޖުތަމަޢުގެ ރޫޙު އާލާވާ ފަދަ އެކި އެކި ހަރާކާތްތައް އިންތިޒާމުކޮށް ހިންގުން.

- ހުޅުމާލޭގެ ރައްޔިތުންނާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މިކޯޕަރޭޝަނާ ދެމެދު ގާތް ގުޅުމެއް ޤާއިމު ކުރުމުގައި މެނޭޖްމަންޓަށް ލަފާ އެރުވުން.

- މުޖުތަމަޢުގެ ޙާލަތު ދެނެގަނެވޭނެފަދަ އިވެލުއޭޝަންތައް ހަދައި މޮނީޓަރ ކުރުން.

- މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ޓީމާ ގުޅިގެން މުޖުތަމަޢުގެ އެއްބައިވަންކަން ދެމެހެއްޓުމަށް ރާވާ އެކިއެކި ހަރަކާތްތައް ރައްޔިތުންގެ މެދުގައި ޢާންމުކުރުން.

- އެކިއެކި މުވައްޒަފުންނާ ގުޅިގެން، ކޯޕަރޭޝަނުން މުޖުތަމަޢަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ރޫރަލް ޑިވެލޮޕްމަންޓް އަދި ކޮމިއުނިޓީ ޑިވްލޮޕްމަންޓުން ތަމްރީނު ލިބިފައިވުން.

- މީހުންނާ ގުޅިގެން މަސައްކަތްކުރަން އެނގުމާއެކު، މަސައްކަތްތައް އަވަހަށް ނިންމުމަށް އެނގުން.

- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- މިވަޒީފާއަށް މީހުން ހޮވުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، އަދި މުޖުތަމަޢަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ: -/10000ރ (އެލަވަންސްތަކާއެކު މަދުވެގެން -/18420ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 15 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                        3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                         ނުވަތަ               ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                           ފޯނު: 3353535   

ފެކްސް: 3335892                                         ފެކްސް : 3358892

12 ޖަނަވަރީ 2015
ހޯދާ