މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާޙު ފާސްކުރުމާބެހޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކގެ 16 މެއި 2021 ގައި ފާސްކޮށްފައިވާ ހިންގާ ގަވާއިދުގެ 6 ވަނަ މާއްދާގައި، އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރުދުން ހިއްސާވާ ޤާނޫނީ ޝަހުސުތަކަށް ކުންފުނީގެ ހިއްސާ ގަނެވިއްކުމަށް އޮތް ހުރަސް އުވާލުމަށްޓަކައި އެ މާއްދާ އުނިކޮށް ހިންގާ ގަވާއިދު އިސްލާހްކުރަން 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ.

ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙް ގެ ތަފްސީލް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

އާޓިކަލް ނަންބަރު

16 މެއި 2021 ގައި ފާސްކޮށްފައިވާ ހިންގާ ގަވައިދުގައި ބަޔާންކުރެވިފައިވާ ގޮތް

ހުށަހަޅާ އިސްލާޙު

އިސްލާޙު ގެނައި ސަބަބު

6

ޙިއްޞާއާއި ރައުސްމާލާއި ގުޅޭ ކަންކަމުގައި ކުންފުނީގެ އަސާސީ ގަވާއިދުގައިވާ ކަންކަމުގެ އިތުރުން އަންނަނިވި މާއްދާތައް ހިނގާނެއެވެ.

6.1 ސީދާ ގޮތުން އަދި ނުސީދާގޮތުން ވިޔަސް، އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ޙިއްޞާވާ ޤާނޫނީ ޝަހުސަކަށް، އެންމެ ގިނަވެގެން މިލްކުކުރެވޭނީ ކުންފުނީގެ ޙިއްޞާގެ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ) އެވެ.

6.2 އެއްވެސް ހިނދަކު އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިމަގުގައި ދޫކުރެވޭ މިކުންފުނީގެ ޙިއްޞާގެ ތެރެއިން އެއްވެސް މިންވަރެއް، ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ ބާރުގެ ދަށުގައިވާ (ސަރުކާރުގެ މަދުވެގެން %51 ޙިއްޞާ އެކުލެވެ) ޤާނޫނީ ޝަޚުޞެއްގެ ނަމުގައި ވިޔަސް އޮވެގެން ނުވާނެއެވެ.

މިމާއްދާ އެކުގައި އުނި ކުރުމަށްފަހު، މިމާއްދާއަށްފަހު ހުރި މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

ރެގިއުލޭޓާރގެ އިރުޝާދުގެ ދަށުން ކުންފުންޏާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް އިސްލާޙު ކުރުމަށް.

ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެއްވެސް ކޮމެންޓެއް ނުވަތަ ހިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، 19 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 1600ގެ ކުރިން މިކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް އެކަމެއް ހުށަހެޅުއްވުން އެދެމެވެ. އަދި ހިޔާލު ހުށަހަޅުއްވާއިރު، ޙިއްޞާދާރުގެ ފުރިހަމަ ނަމާއި އައި.ޑީ.ކާޑު ނަންބަރު ޖެއްސެވުން އެދެމެވެ.

12 އޭޕްރިލް 2023
ހޯދާ