ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރނަންސް އެޑްވޮކަސީ ފޯރަމުގައި ބައިވެރިވުމާބެހޭ

ލޯކަލް ގަވަރނަންސް އެޑްވޮކަސީ ފޯރަމުގައި ބައިވެރިވުމާބެހޭ

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ލޯކަލް ޑިމޮކްރަސީއާއި ލޯކަލް ގަވަރނަންސް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މަޤުޞަދުގައި، މިނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރާ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ނެޓްވާރކްތައް އަދި ވަކިވަކި ފަރުދުންނަށް ބައިވެރިވެވޭގޮތަށް ލޯކަލް އެޑްވޮކަސީ ފޯރަމްގެ ނަމުގައި އެޑްވޮކަސީ ގްރޫޕެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޤައުމީ ފެންވަރުގައި ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެކުލަވާލެވޭ ނުރަސްމީ ޕްލެޓްފޯމެކެވެ.

ވީމާ، މި އެޑްވޮކަސީ ގުރޫޕުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ނެޓްވާރކްތައް އަދި ވަކިވަކި ފަރުދުން އެކަމަށް އެދޭ ފޯމު ފުރުއްވައި 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3013106 އާ ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ