ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ފުޓްސަލްދަނޑުގައި ޓާރފް އެޅުން

ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހަދާފައިވާ ފުޓްސަލްދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL/2014/61-ފ421 (17 ޑިސެމްބަރ 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެވިދާނެ ފަރާތްތަކުން 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

07 ޖަނަވަރީ 2015
ހޯދާ