ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އިޢުލާން
މ. ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް މ. ދިއްގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުން
މ.ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް މ. ދިއްގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޭޕްރިލް 2023 ވާ ބުދަ
ދުވަހުގެ 13:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކައާއި ،
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720053 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
12 އޭޕްރިލް 2023
