ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް އައިޓީ ހާރޑްވެއަރ، ފަޔަރވޯލް އަދި ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް އައިޓީ ހާރޑްވެއަރ، ފަޔަރވޯލް އަދި ލައިސަންސް ފޯރުކޮށްދޭނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)221-ASS/221/2023/14) (15 މާރޗް 2023) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީވެ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

2023 އޭޕްރިލް 12 ވާ ބުދަ ދުވަހުން ފެށިގެން 2023 އޭޕްރިލް 23 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީކުރަންވާނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/mdYFw0d0ck

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓީއޯއާރު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

                             21     ރަމަޟާން    1444   

 

12 އޭޕްރިލް 2023
ހޯދާ