ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ކުނިކަހައި ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުން
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 11 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 18 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ފ.އަތޮޅު ހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 އޭޕްރިލް 2023 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން 6740577 އަށް ގުޅައިގެން ނުވަތަ ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޙަވާލާދެވިފައިވާ ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.