ދިވެހިރާއްޖެ
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
ވިލިނގިލި، ހުވަދުއަތޮޅު އުތުރުބުރި
ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: GS05-C /IUL/2023/05
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވަންމީލް ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދިނުން
1. ވަންމީލް ޕްރޮގްރާމުގެ ދަށުން މި މަރުކަޒުގެ ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދޭން ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޭޕްރީލް 12 އިން 2023 އޭޕްރީލް 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޭޕްރީލް 19 ވާ ބުދަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2023އޭޕްރީލް 24 ވާ ހޯމަ ދުވަހުގެ 10:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން: 6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
11 އޭޕްރީލް 2023