ދިވެހިރާއްޖެ
އިއުލާނު
ބީލަން ހުށައެޅުމުގެ ދަޢުވަތު
ބީލަމުގެނަން: ލ.މާވަށު ކުޑަކުދިންގެ ޕާކަށް ކުޅޭސެޓް ސަޕްލައިކޮށްދިނުން |
ބީލަން ނަންބަރު: 400/PROJ/2023/02 |
|
އިއުލާނު ނަމްބަރު: (IUL)400/INDIV/2023/13 |
އިއުލާނުގެ ވަނަ: 01 |
|
ލ.މާވަށު ކުޑަކުދިންގެ ޕާކަށް 3 އައިޓަމް ހިމެނޭ ކުޅޭސެޓެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
||
|
||
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން |
26 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ. އެކައުންޓް ނަންބަރު: 7707700295001 އެކައުންޓް ނަން: 1451 Revenue-1 މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ. |
|
ބީލަން ފޮތް |
މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ. |
|
ބީލަން ހުށައެޅުން / ބީލަން ހުޅުވުން |
ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހު 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ.މާވަށު ކުޑަކުދިންގެ ޕާކަށް ކުޅޭސެޓް ސަޕްލައިކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
|
އިތުރު މައުލޫމާތު |
|