ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ވިސާ ކްރެޑިޓް ކާޑު އެޕްލިކޭޝަން ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައި ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
15 ޖަނަވަރީ 2015 |
ބުރާސްފަތި |
ހެނދުނު 10:00 |
އަންދާސީހިސާބު ހުށަހެޅުން |
19 ޖަނަވަރީ 2015 |
ހޯމަ |
ހެނދުނު 12:00 |
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
17 ރަބީޢުލްއައްވަލް 1436