ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ބޭނުމަށް ތޮފިގަތުމަށް

ިސްކޫލްގެ ދަރިވަރުންގެ ބޭނުމަށް 1430 ތޮފި ގަންނަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  ބޭނުންވާ ފަރާތްތަކަށް 11 އެޕްރީލް 2023 އިން  16 އޭޕްރީލް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ތޮފީގެ ނަމޫނާ ފޮޓޯއެއް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.
  • ބިޑް ހުށައަޅާއިރު އެފަރާތަކުން ތައްޔާރުކުރަން ހުށައަޅާ ތޮފީގެ ސައިޒްތައް (މިންތައް އެނގޭނޭގޮތަށް) ހިމަނަންވާނެއެވެ.    
  • ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/KxZSb1M32BaA9MPr6
    • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޭޕްރީލް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
    • ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
    • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

             ޢިމާދުއްދީން ސްކޫލް

      ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

      ފޯން: , 33157633315759

      އީމެއިލް: [email protected]  

11 އޭޕްރިލް 2023
ހޯދާ