ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުން ފެންބޯން ބޭނުންކުރާނެ ފުޅި ގަތުމަށް
މިސްކޫލްގެ ދަރިވަރުންގެ ބޭނުމަށް 1430 ފެންބޯފުޅި ގަންނަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 11 އެޕްރީލް 2023 އިން 16 އޭޕްރީލް 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ފުޅި ތައްޔާރުކުރެވިފައި ހުންނަންވާނީ ޕްލާސްޓިކުންނެވެ.
- ފުޅީގެ ނަމޫނާ ފޮޓޯއެއް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. ފުޅި ތައްޔާރުކުރާއިރު އަސްލަށް ބަދަލު ނާންނަގޮތަށް ފުޅީގެ ޑިޒައިން ބަދަލުކުރެވިދާނެއެވެ. ނަމަވެސް ފުޅީގައި ލޯގޯ ހިމެނޭގޮތަށް އޮރެންޖް ކުލަ ބޭނުންކުރެވިފައި ހުންނަންވާނެއެވެ.
- ބިޑް ހުށައަޅާއިރު އެފަރާތަކުން ތައްޔާރުކުރަން ހުށައަޅާ ފުޅީގެ ޑިޒައިން ބިޑާއެކު ހުށައަޅަންވާނެއެވެ.
- ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/DAr6CgzmHoUpMCzE8
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޭޕްރީލް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީމެއިލް: [email protected]
11 އޭޕްރިލް 2023
ހޯދާ