މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަރާމާތުތައް ކުރުމަށް

މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ) ގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު AP/1/2014/261ފ-IULފ(25 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ) ގައި ކުރަންހުރި މަރާމާތުތައް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ރަބީޢުލްއައްވަލް 1436       

08 ޖަނަވަރީ 2015
ހޯދާ