ދިވެހިރާއްޖެ
މިކައުންސިލުން ހަދަންޖެހޭ ބައެއް ޤަވާއިދުތަކާއި، އުސޫލުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ އަދި ޤާނޫނީ ލަފާދިނުމަށް ވަގުތީގޮތުން ކޮންޓްރެކްޓަށް ލީގަލް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2023/45 އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 (ދޭއް) ވަނަ އިޢުލާނެވެ. މިއިޢުލާނުގެ ދަށުން އެކުލަވާލުމަށް ހަމަޖެހިފައިވާ ގަވައިދަކީ "ރ.ފައިނުގައި ރުއްގަސް އިންދުމުގެ ޤަވައިދު"އެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު |
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
16 އޭޕްރީލް 2023ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް |
މަޢުލޫމާތު ބައްދަލުވުން |
17 އޭޕްރީލް 2023ވަނަ ދުވަހުގެ 10:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި |
އަގު ހުށަހެޅުން |
20 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް |
ބީލަންތައް ހުޅުވުން. |
20 އޭޕްރީލް 2023 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.