މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސިޓީ، މެސެޖުފަދަ ތަކެތި ލިއުމާއި، އިދާރާއަށް ލިބޭ ތަކެތި ދުވަހުން ދުވަހަށް ބަލައިގަނެ، އެ ތަކެތި އެންޓްރީކުރުން.
- ފޯންކޯލްތަކަށް ޖަވާބުދިނުން.
- ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިއުންތައް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އިދާރާއިން ކުރަންޖެހޭ އިޢުލާންތަކާއި އެންގުންތަކާއި، ޢާއްމު ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އިދާރާގެ އިދާރީ އިސްވެރިޔާ އަންގާގޮތެއްގެމަތިން އެންގުމަށް ކުރަންޖެހޭނެ އެންމެހައި ކަންކަންކޮށް ބެލެހެއްޓުން.
- އިދާރާގެ އިދާރީ އެންމެހައި ލިއުންތައް، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ފައިލްކޮށް ބެލެހެއްޓުން.
- މި މޫނަސް، އިދާރީގޮތުން ކުރަންޖެހިދާނެ އެންމެހައި މަސައްކަތްތައް، އިދާރާގެ އިދާރީ އިސްވެރިޔާ އަންގާގޮތެއްގެ މަތިން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- ލިބިފައިވާ ހުނަރު.
|
އިންޓަރވިއުއާއި ޕުރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ، މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
- މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
|
ނޯޓު:
|
މި މަޤާމަށް މީހަކު ހޯދުމަށް، 3 ޖޫން 2014 ގައި މި އިދާރާއިން ކުރި ނަންބަރު IUL)337/2014/11) ގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6640073 ނަންބަރު ފޯނަށް ގުޅުމުން އެ މަޢުލޫމާތެއް ލިބޭނެއެވެ. ފެކްސް ނަންބަރަކީ 6640073 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|
20 ރަބީޢުލްއައްޥަލް 1436
|