ބީލަން ހުށަހެޅުމުގެ ދަޢުވަތު
އއ. މަތިވެރި ފުޓްސަލް ދަނޑު މަރާމާތު ކުރުމާއި ޓާރފް ބަދަލުކުރުމުގެ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން (2ވަނަ).
އއ. މަތިވެރި ފުޓްސަލް ދަނޑު މަރާމާތުކޮށް ދަނޑުގެ ޓާފްބަދަލުކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން މިކައުންސިލްގެ ނަމްވަރު (IUL)342/INDIV/2023/32 (14 މާރިޗު 2023) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 16 އޭޕްރީލް 2023 އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށް ފަހު ހުށަހަޅަންވާނެއެވެ.
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް 500.00 )ފައްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައި ގަންނާނީ 11 އޭޕްރީލް 2023 އިން 16 އޭޕްރީލް 2023 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00އަށް މިއިދާރާގެ ނަމްބަރ: 7721700484001 – 1386 REVENUE 1 އެކައުންޓަށް. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަމްބަރާއި އީ- މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މަތީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- މަތީގައި ދެންނެވިފައިވާ ނަމްބަރު އިޢުލާނާ ގުޅިގެން ކުރިން ބީލަމަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކުން އަލުން މިބީލަމަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން (ޕްރީ ބިޑް މިޓިންގ) އޮންނާނީ 17 އޭޕްރީލް 2023 ހޯމަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 20 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ރަމަޟާން 1444