މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު - މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުން

ނަމްބަރ: (IUL)337/337/2023/45

އިޢުލާން

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު - މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުން  

 

މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)337/337/2023/31   (02 މާރިޗު 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިއީ މިކަމާއި ގުޅިގެން ކުރެވޭ ދެވަނަ އިޢުލާނެވެ.

މިކައުންސިލާއި ކ. މާފުށީ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމެޓީ އަދި ސެންޓަރ ފޯ ލާނިންގ އެންޑް އެކެޑެމިކް ސްޓޫޑެންޓް ސަޕޯޓްއާއެކު 17 ފެބްރުއަރީ 2022ގައި މާފުށީ ޕްރީސްކޫލް ހިންގައިދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ނަންބަރު: (AGR)337-C-AB/INDIV/2022/1 ނިމުމަކަށް ގެނައުމަށް ސެންޓަރ ފޯ ލާނިންގ އެންޑް އެކެޑެމިކް ސްޓޫޑެންޓް ސަޕޯޓްއިން 30 އޭޕްރީލް 2023ގެ ނިޔަލަށް ނޯޓިސްދީފައިވާތީ، މި ތާރީޙްގެ ފަހުން އެއްބަސްވުން ބާތިލްކޮށް މާފުށީ ޕްރީސްކޫލް 10 އަހަރު ދުވަހުގެ މުއްދަތަށް، ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މެއި 2023 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް މާފުށީ ޕްރީސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް  މައުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

ބީލަން ރަޖިސްޓްރީ ކުރުން:

18 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން:

18 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

10 އޭޕްރީލް 2023

 

10 އޭޕްރިލް 2023
ހޯދާ