މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތަޢުލީމީ ފަންޑުގެ 10 ބުރި އިމާރާތް (އެދުރުހިޔާ) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 14 ޖަނަވަރީ 2015 ވާ ބުދަދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގޭގެ 8 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 20 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު  ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 ރަބީޢުލްއައްވަލް 1436     

08 ޖަނަވަރީ 2015
ހޯދާ