ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބައެއް ސެކްޝަންތައް މަރާމާތުކުރުން
މި ކައުންސިލްގެ ބައެއް ސެކްޝަންތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް
މި ކައުންސިލްގެ ބައެއް ސެކްޝަންތަކުގައި ކުރަންހުރި މަރާމާތު ކުރުމަށް މި ކައުންސިލްގެ ނަންބަރު: (IUL)225-ID/225/2023/02 އިޢުލާނާއި ގުޅިގެން ހުށަހެޅި ބިޑްތައް ބާޠިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2023 އެޕްރީލް 10 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 13 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ލިންކް: https://forms.gle/b7ABcicn2Z8HYArL7 ބޭނުން ކުރުން އެދެމެވެ.
- ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2023 އެޕްރީލް 10 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
- މި ބީލަމާ ގުޅިގެން ދެވޭ މަޢުލޫމާތު ދިނުން އޮންނާނީ 2023 އެޕްރީލް 12 ވަނަ ދުވަހު 11:00 ގައެވެ.
- ބީލަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 2023 އެޕްރީލް 18 ވަނަ ދުވަހުގެ 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރުމަޢުލޫމާތު ތިރީގައިވާ އީ-މެއިލްއަށް އީ-މެއިލް ކުރެއްވުމުން ނުވަތަ ފޯނު ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން ނަންބަރު: 6500095
10 އޭޕްރިލް 2023
ހޯދާ