މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ފުޓްސަލް ފިއެސްޓަރ 2023 ގައި ކިހާދޫ ތަމްސީލްކުރާ އަންހެން އަދި ފިރިހެން ފުޓްސަލްޓީމްގެ ޖާޒީ ސްޕޮންސަރ ކުރުމަށް ހުޅުވާލުން

އިޢުލާން

 

ބ.އަތޮޅު ފުޓްސަލް ފިއެސްޓަރ 2023 ގައި ކިހާދޫ ތަމްސީލްކުރާ އަންހެން އަދި ފިރިހެން ފުޓްސަލްޓީމްގެ ޖާޒީ ސްޕޮންސަރ ކުރުމަށް ހުޅުވާލުން

 

"ބ.އަތޮޅު ފުޓްސަލް ފިއެސްޓަރ 2023" ގައި ކިހާދޫ ތަމްސީލުކުރާ އަންހެން އަދި ފިރިހެން ޓީމްގެ ޖާޒީ

ސްޕޮންސަރ ކޮށްދެއްވުމަށް ބޭނުންވާ ފަރާތްތަކަށް މި ދެ ޓީމްގެ ޖާރީ ސްޕޮންސާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މުބާރާތަކީ ބ.އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބ. އަތޮޅު ކައުންސިލްގެ

ފަރާތުން 2023 މެއި 12 ވަނަ ދުވަހު ބ.ދަރަވަންދޫގައި ފެށުމަށް ރޭވިފައިވާ މުބާރާތެކެވެ.

ވީމާ މި މުބާރާތުގައި ކިހާދޫ ތަމްސިލްކުރާ ދެ ޓީމްގެ ޖާޒީ ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ

ފަރާތްތަކުން އެފަރާތްތަކުން ސްޕޮންސަރ ކުރެއްވުމަށް ހުށައަޅުއްވާ ހުށައެޅުއްވުން2023 އޭޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ ކުރިން ލިޔުމަކުން މި ކައުންސިލަށް ފޮނުއްވާ ދެއްވުން އެދެމެވެ. މިގޮތައް ފޮނުއްވާ ސިޓީ ނުވަތަ ލިޔުން މި ކައުންސިލްގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުމުންވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރުމައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރަޢީސް އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން

އެދެމެވެ. ފޯނު: 9892660

ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި އިޢުލާން ކުރީމެވެ.

            19 ރަމަޟާން  1444ހ.

            10 އޭޕްރިލް   2023 މ.

10 އޭޕްރިލް 2023
ހޯދާ