މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްކިޕަރ

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސްކިޕަރ

ބޭނުންވާ ޢަދަދު

  2( ދޭއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

16060.00 ރުފިޔާ   

ޝަރުޠު:

  • ކަނޑު މަތީގައި ދުއްވާ އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ.ބީ.ސީ.ޑީ ލިބިފައިވުން،
  • ނިޔަމިކަމުގެ ސެޓްފިކެޓް 1 އެއްގެ ސެޓްފިކެޓް ލިބިފައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  • ކޮމްޕިއުޓަރ މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • މަސައްކަތުގައި ތަޖުރިބާ ލިބިފައިވުން
  • މަސައްކަތާއި ގުޅޭ ދާއިރާއިން ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • މަސްގަތުމުގެ މަސައްކަތް ކުރުން
  • ބޯޓު ބަނދަރުތަކަށް ފުރުމުގެ ކުރިން ތެލާއި ފެނާއި ހަމަޔަށް ހުރިތޯ ބެލުން
  • ކަނޑައަޅާފައި އޮންނަ ގަޑިތަކުގައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށް ޗީފް ސްކީޕަރގެ އިރުޝާދުގެ ދަށުން ރާވާ ބޯސަންއާއި ޙަވާލުކޮށް އެމަސައްކަތްތައް ކުރިޔަށްދާގޮތްބަލާ މޮނިޓަރ ކުރުން.
  • ދަތުރުތައް ކުރާއިރު ދިވާވެދާނެ ޙާދިޘާއަކަށް ވިސްނާ ރައްކާތެރި ކަމާއެކު ބޯޓުގައި ބެހެއްޓިފައިވާ ޖީ.ޕީ.އެސް، ސަމުގާ، ރާޑަރ ފަދަ ތަކެތީގެ އެހީގައި ދަތުރު ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932  ފޯނަށް ގުޅުއްވުން އެދެމެވެ.

10 އޭޕްރިލް 2023
ހޯދާ