މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ފައިނޭންސް މެނޭޖަރ

މަޤާމް:

- ކުންފުނީގެ އަމާޒަށް ވާސިލްވުމަށްޓަކައި ހާސިލުކުރަންޖެހޭ ފައިނޭންޝަލް ލަނޑުދަނޑިތައް ތައްޔާރުކޮށް، އެ ލަނޑުދަނޑިތައް ޤަވައިދުން ރިވިއުކުރުން.

- ފައިސާއާބެހޭ މަސައްކަތްތައް ރާވައި ހިންގާނެގޮތުގެ ހަރުދަނާ މިންގަޑުތަކާއި އުސޫލެއް ތައްޔާރުކޮށް، އެ އުޞޫލު ތަންފީޒުކޮށް، އެ އުޞޫލު ޤަވައިދުން މޮނިޓަރކުރުން.

- ކުންފުނީގެ ތަރައްޤީއާ ކުރިއެރުމަށް އެކުލަވައިލައިގެން ހިންގޭ އެކިކަންކަމާއި ޕްލޭންތައް ތަންފީޒުކުރުމުން އެ މުޢާމަލާތްތަކުން ނުކުމެދާނެ ނަތީޖާތަކާމެދު ބޯޑު ޑިރެކްޓަރުންނަށާއި މެނޭޖިންގ ޑިރެކްޓަރަށް ފަންނީ ލަފާދިނުން.

- ކުންފުނީގެ މާލީޙާލަތު ދެނެގަތުމަށާއި، ފުދުންތެރިކަން އިތުރުކުރުމަށް ދުރުރާސްތާގެ ފައިސާއާބެހޭ ލަނޑުދަނޑިތައް އެކުލަވާލައި، އެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބެލެހެއްޓުން.

- ކުންފުނިން ވާސިލްވާން ބޭނުންވާ އަމާޒުތަކަށާއި ކުންފުނީގެ އާމްދަނީއާއި ހަރުމުދަލަށް ކުރެވޭ ޚަރަދުތަކާ އަޅާކިޔައި، ހަރުދަނާ ނިޒާމެއްގެ ދަށުން ކުންފުނީގެ ބަޖެޓް ކޮންޓްރޯލްކުރުން.

- ކުންފުނީގެ ފައިސާއާބެހޭ ވާޖިބުތައް އަދާކުރުމަށް ބޯޑު ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ކުންފުންޏަށް މާލީގޮތުން ދިމާވާ ގޮންޖެހުންތައް ދިރާސާކޮށް، ކަމާބެހޭފަރާތްތަކަށް އެކަންކަން ހުށަހަޅައި، އެކަންކަން ޙައްލުކުރުމަށް ހަރުދަނާ އުސޫލެއްގެމަތިން މަސައްކަތްކުރުން.

- ކުންފުނީގެ ހަރުމުދަލަށް ކުރެވޭ އިންވެސްޓްމަންޓް ސްޓްރެޓަޖީއާއި ޕްލޭނުތައް ތައްޔާރުކޮށް، ހަރުމުދާ ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ ފައިނޭންޝަލް ކޮންޓްރޯލް ސިސްޓަމެއް އެކުލަވާލައި، އެ ސިސްޓަމްތައް ބެލެހެއްޓުމާއި، ކުންފުނީގެ އިންވެސްޓްމަންޓްތަކަށް ފައިސާލިބޭނެ މަގުތައް ދެނެގަތުން.

- ފައިނޭންސް ޑިޕާޓްމަންޓުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުން ޒިންމާދާރުކުރުވައި، މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިތޯ ދެނެގަތުން.

- ކުންފުނީގެ މަސައްކަތްތަކާއި ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން ގުޅުން ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ދިމާވާ މައްސަލަތައް ދެފަރާތުން އެއްބަސްވާގޮތަކަށް ނިންމޭފަދަ މާޙައުލެއް ބިނާކުރުން.

- ކުންފުނީގެ މާލީ ހިސާބުތަކާއި ބަޔާންތައް ކަނޑައެޅިފައިވާގޮތުގެމަތިން ތައްޔާރުކޮށް ހުށަހަޅަންޖެހޭފަރާތްތަކަށް ހުށަހެޅުން.

- ބޯޑު ޑިރެކްޓަރުން ބޭނުންވާ ތަފާތު ހިސާބުތައް ތައްޔާރުކުރުމާއި، ކުންފުނީގެ ޕާރފޯމަންސާ ބެހޭގޮތުން ބޯޑު ޑިރެކްޓަރުންނަށް މަޢުލޫމާތުތައް ހިއްސާކުރުމާއި، އެ މަޢުލޫމާތުތައް އޮޅުންފިލުވައިދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ މުސާރައެއް.

މުސާރަ:

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ

CA / ACCA / CIMA / CPA ފަދަ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއްގެ ފައިނަލް ސްޓޭޖް ފުރިހަމަކޮށްފައިވުން.

- ކުންފުންޏެއްގެ އިސްމަގާމެއްގައި ނުވަތަ މަސައްކަތުގެ ދާއިރާގައި 3 އަހަރާއި 5 އަހަރާ  ދެމެދުގެ މުއްދަތެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ހުނަރުވެރި އަދި ބިނާކުރުވަނިވި ދުރުވިސްނާ މީހެއްކަމުގައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާއި ފުރިހަމަކަމާއެކު ޢިބާރާތްކޮށް މުޢާމަލާތްކުރަން އެނގުން.

- މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާ ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގުން.

- މާލީ ދާއިރާއާއި އިޤްތިޞާދީ ދާއިރާގެ ޤާނޫނުތަކާއި އުސޫލުތަކަށް ހޭލުންތެރިވެފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ މީހެއްކަމުގައިވުމާއި، މަސައްކަތްތައް ރާވައިގެން ހިންގޭފަދަ ޤާބިލިއްޔަތުކަން ހުރި މީހެއްކަމުގައިވުން.

- ގޮންޖެހުންތަކަށް ކުރިމަތިލުމާއި، ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރުމުގެ ޤާބިލްކަންހުރުން.

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމަށް އެދި ހުށަހަޅާ ސިޓީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

- މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

- ބަޔާންކުރެވިފައިވާ މައުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް، އީމެއިލްތައް ބާޠިލުކުރެވޭނެއެވެ.

ސިޓީ ފޮނުވާނީ:

ހިއުމަން ރިސޯސް ޑިޕާޓްމަންޓް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

#2-21 އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

އީމެއިލް:  career@maldivegas.com

އިތުރު މައުލޫމާތު:

21 ރަބީޢުލްއައްޥަލް 1436

12 ޖަނަވަރީ 2015
ހޯދާ