ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

 

ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު: TENDER/HMH/2023/021

ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް، މަރާމާތުކޮށް، ސަރވިސްކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 20 އޭޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބިޑުގައި ރެޖިސްޓަރވެ ވެހިކަލްތައް ސާރވޭ ނުކުރާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

މައުލޫމާތު ދިނުން:

ބިޑްގެ ޕްރީބިޑް ބައްދަލުވުން 17 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 12:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

25 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 20 އޭޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

 

10 އޭޕްރިލް 2023

 

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

10 އެޕްރީލް 2023
ހޯދާ