ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު |
އެސިސްޓެންޓް ޑިރެކްޓަރ |
ރޭންކް: އެމް.އެސް 3 |
|
އަދަދު |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން |
ކްރިމިނަލް ކޯޓު، ބަޖެޓް ސެކްޝަން |
||
އަސާސީ މުސާރަ |
-/7035 ރުފިޔާ (ހަތްހާސް ތިރީސްފަސް ރުފިޔާ) |
||
މި މަޤާމަށް ލިބޭ އެލަވަންސް |
- ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު |
ފައިސާއާބެހޭ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. |
||
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު www.criminalcourt.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- މޯލްޑިވްސް އެކްރެޑިޓޭޝަންބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވީ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނޭހެން) |
||
ސުންގަޑި |
2015 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:00 |
||
އިތުރު މަޢުލޫމާތު |
|
||
16 ރަބީޢުލްއައްޥަލް 1436 |