ދިވެހިރާއްޖެ
(IUL)321-A/321/2023/94 :ނަންބަރު
އިޢުލާން
ބ.ތުޅާދޫ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބ.ތުޅާދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން
ބ.ތުޅާދޫ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބ.ތުޅާދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކޯސް ހިންގުމަށް ގަސްތުކުރަނީ މެއި 2023 ގައެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ އ.ތ.މ ކޮމެޓީގެ ފަރާތުން ބ.ތުޅާދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.
އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: |
2023 އޭޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި |
އިތުރު މަޢުލޫމާތު:
- އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ އ.ތ.މ ކޮމެޓީގެ ފަރާތުން ބ.ތުޅާދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 އޭޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
18 ރަމަޟާން 1444