ދިވެހިރާއްޖެ
އދ. ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު: (IUL)353/353/2023/20
އިޢުލާން
އދ.ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ޢާންމުކުރި އުސޫލު އިސްލާޙުކުރުމާބެހޭ
މިއިދާރާގެ ނަންބަރު: (IUL)353/353/2023/18 (06 އޭޕްރީލް 2023) އިޢުލާނާއެކު ޢާންމުކޮށްފައިވާ އދ. ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ބައެއް އިސްލާޙުތައް ގެނައުމަށްޓަކައި އެއުސޫލު ބާޠިލްކޮށް، އިސްލާޙުކުރެވުނު އުސޫލު މިޢިއުލާނާއެކު ޢާންމުކުރަމެވެ.
އަދި މިއިޢުލާނުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙު ގެނެވުނުކަމުގައި ވިޔަސް، މިއިދާރާގެ ނަންބަރު: (IUL)353/353/2023/18 (06 އޭޕްރީލް 2023) އިޢުލާނަށް ބަދަލެއް އައިސްފައި ނުވާނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ރަމަޟާން 1444
09 އޭޕްރީލް 2023
(ސޮއި)
އިބްރާހީމް ޢުޘްމާން
ދިގުރަށު ކައުންސިލްގެ ރައީސް