މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއިން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ތިރީގައިވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ އަދަދު:

6

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/3,875

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 30 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގައި ބަލައި ޗެކުކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ގަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް  ރިޕޯޓްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޢުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ސީނިއަރ ޕާކް ވާޑަން (ވަގުތީ)

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/4,340

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 30 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގައި ބަލައި ޗެކްކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ގަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް  ރިޕޯޓްކުރުން.
  5. ޕާކް ވާޑަންސްގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) އުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން ޢައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ފެބްރުއަރީ 2015 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޖަނަވަރީ 22 (ބުރާސްފަތި) ދުވަހު 15:00 ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

 

08 ޖަނަވަރީ 2015
ހޯދާ