މަޤާމު
|
ޕްރޮކިއުމެންޓް ކޮންސަލްޓެންޓް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމް ގެ ގިންތި
|
ކޮންޓްރެކްޓް (2 އަހަރު)
|
ޑިޕާޓްމަންޓް
|
ޕްރޮކިއުމެންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
މުސާރައާއި ޢިނާޔަތްތައް
|
ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރިއަށްދަނީ މާލިއްޔަތު ގަވާއިދުގެ ހަމަތަކާއި އުސޫލްތަކުގެ ތެރެއިންތޯ ބަލައި ، ރަގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން ހައްލު ކުރުން
- ހޮސްޕިޓަލްގެ ބިޑު ކޮމިޓީގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް މާލިއްޔަތުގެ ހަމަތަކުގެ މަތީން އެނމެހައި ކަންކަން އިންތިޒާމް ކުރުން
- ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ އެހެން ޑިވިޜަންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދޭތޯ ބެލުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިނގާ ތަންތަނުގެ ޕްރޮކިއުމެންޓާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރުމަށް މަސައްކަތްތައް ވިލަރެސްކުރުން
- ހޮސްޕިޓަލުގެ ތަރައްގީއަށް ރާވައިފައިވާ އެކި އެކި ޕްރޮޖެކްޓްތައް ތަރުތީބުކޮށް މާލިއްޔަތު ގަވާއިދުގެ ދަށުން އެކަށީގެންވާ ޓެންޑރ މަރުހަލާތަކުގެ ތެރެއިން ކަނޑައެޅިފައިވާ ވަގުތައް ޕްރޮޖެކްޓްތައް އެވޯޑުކޮށް މަސައްކަތް ފެށުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަން ހަމަޖެއްސުން.
- ހޮސްޕިޓަލުން ކުރާ އިއުލާންތަކާއި ގުޅިގެން ހުށައެޅޭ އަންދާސީ ހިސާބުތަކުގެ "އިވެލުއޭޝަން" ހެދުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން.
- ޕަރޗެސް އޯޑަރ ތައްޔާރުކުރުމުގެ ކުރިން މާލިއްޔަތު ގަވާއިދުގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ހުރިހާ އިޖުރާތްތަކާއެކު ލިޔެއްކިއުންތައް ފުރިހަމަކޮށްފައިވޭތޯ ބަލައި ޑިޕާޓްމެނޓުގެ އިދާރީ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރާންޖެހޭ ކަންކަން ބަލައި އެކަންކަން ތަންފީޒްކުރުން.
- އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ޕްރޮކިއޯމަންޓް ސެކްޝަންއިން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު އެކުލަވާލައި ފޯރުކޮށް ދިނުން.
- ޕްރޮކިއުމެންޓްގެ މަސައްކަތް ކުރިއަށްދާގޮތް ކޮންމެ ހަފްތާއަކުވެސް ހޮސްޕިޓަލުގެ އިސްވެރިންނަށް ހިއްސާކުރުން
- ޕްރޮކިއުމެންޓުން ޑިޕާޓްމަންޓްތަކަށް ފޮނުވާ ރިކުއެސްޓްތަކުގެ އަޕްޑޭޓް މަހަކު 1 ފަހަރު އެޑިޕާޓްމަންޓަކާއި ހިއްސާކުރުން
- ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- ގާނޫނީގޮތުން އިއުލާންކޮށް ޝާއިއު ކުރަންޖެހޭ އެންމެހައި ތަފްސީލްތައް ކަނޑައެޅިފައިވާ ވަގުތަށް ގެޒެޓް ކުރުން. އަދި ޓެންޑަރިން، އިވެލުއޭޝަން އަދި އެވޯޑިން މަރުހަލާތައް މާލިއްޔަތުގެ ހަމަތަކުގެ ތެރެއިން އެންމެ ބޮޑަށް ދެފުށްފެންނަ އިންތިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެއްސައި އެކަންކަން ތަންފީޒް ކުރުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތު
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މެނޭޖީރިއަލް މަގާމެއްގައި މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ތަޢުލީމީ ރޮނގުތައް
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ގުޅޭ ވަޒީފާގެ ދާއިރާ
|
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޕޮލިސް ރިޕޯޓް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|