މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމު:                   ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:              01

ޑިޕާޓްމަންޓް:              ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް:        5220.00ރ  - 5910.00ރ.

ސަރވިސް އެލަވަންސް:          1500.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ރިޓަޔަރމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން:       ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު                   މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ

                       ޖީ.ސީ.އީ އޭ ލެވެލް އާއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ

                       ޖީ.ސީ.އީ އޯ ލެވެލް އާއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.

                       ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

                       ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                       މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                       އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                       މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުން އަދި ކަސްޓަމް ސޮފްޓްވެއަރތަކަށް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

                       ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   ޑިޕާޓްމަންޓްގެ ސޭލްސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސްޕަލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން އަދި ޕްރޮޑަކްޓްސްތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

 

މަޤާމު:                   އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:              02   

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:             4400.00ރ. – 5050.00ރ.

ސަރވިސް އެލަވަންސް:          1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު                  ޖީ.ސީ.އީ އޯ.ލެވެލް (03 މާއްދާއިން ފާސްވެފައިވުން)      

                      މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.

                      މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

                      ޚިދުމަތް ހޯދާ ފަރާތްތަކަށް އިޚުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބުމާއެކު އެކަމުގެ ޤާބިލުކަންހުރުން.

                      ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

                      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން. 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހާ މަސައްކަތްކުރުން އަދި މިކަމާބެހޭ ލިޔެކިޔުން ބެލެހެއްޓުން.

 

މަޤާމު:                   އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:              02

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ ރޭންޖް:        4400.00ރ.

ސާރވިސް އެލަވަންސް:         1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު                   ބަސް ނުވަތަ ވޭން ދުއްވުމުގެ ލައިސަންސް ލިބިފައިވުން (50 ޕެސެންޖަރ)

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑްއޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ