ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް (ޤަބުރުސްތާން ސާފުކޮށް ބަލަހައްޓާ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މިއީ މިމަޤާމަށް މީހުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)415-HR/415/2023/24 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތްތައް މި މަޤާމަށް ކުރިމަތިލާފައި ނުވާތީ، މި މަޤާމަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނެކެވެ.  

 މަޤާމް:

ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް (ޤަބުރުސްތާން ސާފުކޮށް ބަލަހައްޓާ)

ބޭނުންވާ ޢަދަދު:  01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ރޭންކް:

ސަޕޯޓް ސާރވިސް ގްރޭޑް 1

އުޖޫރަ:  

އަސާސީ މުސާރަ 3100 ރުފިޔާ،

ސާރވިސް އެލަވަންސް 1000 ރުފިޔާ،

ސަޕޯރޓިންކޯ އެލަވަންސް 1200 ރުފިޔާ،

މިނިމަމްވޭޖް އެލަވަންސް 1917 ރުފިޔާ.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން.

ޢުމުރުން 55 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ޤަބުރުސްތާނާއި ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. ރުއްގަހަށް އަރައި އުޅެވޭ ފަދަ ޤާބިލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބަތްތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން 
  4. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން
  5. ކަށުކަމާކެމީގެ ކަންކަމުގައި އެހީތެރިވުން.
  6. ތިނަދޫ ކައުންސިލުގެ ޢިމާރާތްތަކާއި ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކުގެ އާބާތުރަ ފިލުވުމާއި ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ތިނަދޫ ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުން.
  8. މިސްކިތްތަކާއި ކައުންސިލްގެ އޮފީސް ޢިމާރާތްތަކާއި ޕާރކުތައް އިތުރަށް ތަރައްޤީ ކުރުމަށް ކައުންސިލުގެ އިދާރާއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ މޭސަނަރީ އަދި ކޮންކްރީޓް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  9. ޤަބުރުސްތާނުގެ އެތެރޭގެ ވިނަނޮޅައި ގަސްކޮށައި ސާފުތާހިރުކޮށް ބޭއްވުން، އަދި ޤަބުރުސްތާނުގެ ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު އެއްފަހަރު ކުނިކަހައި ކުނި ނަގައި ސާފުކުރުން.

10. ހިނަވާގެ ސާފުކޮށް ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ތަކެއްޗާއި އާލާތްތައް ސާފުކޮށް ރައްކާތެރިކޮށް ބެލެހެއްޓުން.

11. ސަހަރާގެ ކަރަންޓު ހުރިކަން ދުވަހުން ދުވަހަށް ޗެކުކޮށް ލައިޓްޕޯސްޓް ޗެކުކުރުން،

12. އިދާރާއިން ކުލައާއި ދަވާދުދިނުމުން ސަހަރާގެ ބޭރު ފާރުގައި ކުލަލުން އަދި ސަހަރާގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން

  1. ރަށް ފެހިކުރުމުގެ މަސައްކަތްކުރުމާއި އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާއިން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

4-   ޕޮލިސް ރިޕޯރޓް

ސުންގަޑި:

18 އޭޕްރިލް 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

05 އޭޕްރިލް 2023
ހޯދާ