ދިވެހިރާއްޖެ
ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި ޕޭވްމަންޓް އާއި މަގުތަކުގައި ގާއެތުރުމާއި، ލައިޓް މަރާމާތުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެންޓްރީ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް
- ކޯޕަރޭޝަނުން ހިންގާ އެކިކަހަލަ ކޮންސްޓްރަކްޝަން، ޑިވެލޮޕްމަންޓް އަދި މެއިންޓެނެންސް ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އެހީތެރިވެދިނުން. މީގެތެރޭގައި ޕާރކް ހެދުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތްތައް.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރުން.
މުސާރަ: 10500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.
...........................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުންފުނީގެ ރެކްރޫޓްމަންޓް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: https://jobs.hdc.com.mv
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.