ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2023/45
އިޢުލާން
އއ.ފެރިދޫގެ ގޭބިސީތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ބަދިގެއިން އަދި މިނޫން ތަންތަނުން އުފެދޭ ކާބޯތަކެތީގެ ބާކީ (ބަދިގޭ ކުނި) ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ނައްތާލުމުގެ ޚިދުމަތް މިކައުންސިލަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އޭޕްރީލް 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޭޕްރީލް 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 މާރޗް 18 ވާ އަންގާރަ ދުވަހު މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.