ވަޒީފާގެ ފުރުޞަތު
|
|
|
|
|
މަޤާމު
|
ޕްރޮކިއުމަންޓް އޮފިސަރ (ޕްރޮކިއުމަންޓް އޮފިސަރ ގްރޭޑް 1)
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/8000 ރުފިޔާ
- ސަރވިސް އެލަވަންސް: -/4500 ރުފިޔާ
|
ޝަރުޠު
|
1- މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މިދާއިރާއާއި ގުޅޭ 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
2- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއިއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
3- އުމުރުން 55 އަހަރު ވެފައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
ކޮމިޝަންގެ ޕްރޮކިއުމަންޓާއި މެއިންޓަނެންސްގެ މަސައްކަތްކުރުން
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑްގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
19 ޖެނުއަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- ވަޒީފާއަށް އެދޭ ފޯމް މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމް ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015213 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|