ދިވެހިރާއްޖެ
އިޢުލާން
ފުވައްމުލަކު ބަންޑާރަ ކިޅީގައިވާ ޢިމާރާތްތައް ކުއްޔަށް ދިނުމާގުޅޭގޮތުން ކުރެވުނު ނަންބަރު (IUL)243-S01/PRIV/2014/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަންފޮތް ގަނެފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަންޑާރަ ކިޅީގައިވާ ޢިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން 2015 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހު 14:00 ގައި ފުވައްމުލަކު އަތޮޅުގޭގެ މީޓިން ރޫމުގައި އޮންނާނެއެވެ. ބަންޑާރަ ކިޅި ކުއްޔަށް ހިފުމާބެހޭ ބީލަން ފޮތް 2014 ޖަނަވަރީ 12 ވަނަ ދުވަހުން ފެށިގެން 2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމަޔަށްސޮފްޓްކޮޕީ ފޯމެޓްގައި ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 2000.00 (ދެހާސް ރުފިޔާ) އެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުގޭ މީޓިންގ ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލްތައް އިވެލުއޭޓްކު ރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ.
1. |
ތަނުގެ ކުލި |
40 |
2. |
މާލީ ޤާބިލްކަން |
20 |
3. |
ތަޖުރިބާ |
10 |
4. |
ވަޒީފާ އުފައްދާ މިންވަރު |
05 |
5. |
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ |
05 |
6. |
އިންވެސްޓްމަންޓް |
20 |
14 ރަބީޢުލްއައްވަލް 1436