މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލަށް މުވައްޒަފުން ނެގުން

އިޢުލާން

 

މިސްކިތްތަކަށް ވަގުތީ އިމާމުންނާއި މަސައްކަތު މުވައްޒަފުންގެ ޕޫލްއެއް ޤާއިމްކުރުން

                  މި އިދާރާގެ ފަރާތުން ބަލަހައްޓާ މިސްކިތްތަކުގެ އިމާމުންނާއި ކައުންސިލް އެސިސްޓެންޓުން ޗުއްޓީ ނެގުމާއި، އަދި އެހެނިހެން ސަބަބުތަކާއި ގުޅިގެން މަސައްކަތު  ނުނިކުންނަވާ ދުވަސްތަކުގައި ބަންގި ގޮވާ އިމާމުވެ ނަމާދު ކުރުމާއި، މިސްކިތް ފޮޅާ ސާފުކޮށްދޭނެ ފަރާތްތަކުގެ ޕޫލް އެއް (1އަހަރަށް) ޤާއިމް ކުރުމަށް ބޭނުންވެއްޖެއެވެ.

މުސާރަ: އިމާމުން މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް  53.00ރުފިޔާ (ގަޑިއަކަށް)

މަސައްކަތު މީހުން މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް 45.00ރުފިޔާ (ގަޑިއަކަށް)

 ޕޫލްގައި ހިމެނޭ މުވައްޒަފުން މަސައްކަތް ކުރާނެ ތަރުތީބެއް  މި އިދާރާއިން ކަޑަ އަޅާނެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2023ވާ ބުދަ ދުވަހުގެ 12:00ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ.

05 އޭޕްރިލް 2023
ހޯދާ