ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން ކޮށްފައިވާ ނަންބަރު : (IUL) 370-ESMS SC/370/2023/13 އިޢުލާން ބާޠިލްކޮށް އަލުން ފ.ފީއަލީ ކައުންސިލްގެ ފަރާތުން ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި ފ.ފީއަލީ ކައުންސިލްގެ އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

       
     
   
 

 

 

 

 

 

 

އިޢުލާން

 

 

މިއިދާރާގެ ފަރާތުން ކޮށްފައިވާ ނަންބަރު : (IUL) 370-ESMS SC/370/2023/13 އިޢުލާން ބާޠިލްކޮށް އަލުން ފ.ފީއަލީ ކައުންސިލްގެ ފަރާތުން ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި ފ.ފީއަލީ ކައުންސިލްގެ އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާގެ ނަންބަރު : (IUL) ESMS SC/370/2023/13 ( 26 މާރިޗް 2023 ) އިޢުލާނާއި އެކުގައި ދީފައިވާ ބީލަން ޑޮކިއުމެންޓްސް ގައި މައްސަލަތަކެއް އުޅުމާއި ގުޅިގެން ދެންނެވުނު އިޢުލާން ބާޠިލްކޮށް، އަލުން މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް  ފ.ފީއަލީ ކައުންސިލްއިދާރާގެ ފަރާތުން ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި ފ.ފީއަލީ ކައުންސިލް އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 12 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 12:00 ނިޔަލަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި، ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ހުށަޅާ ވިޔަފާރީގެ ނަމާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މިއިދާރާގެއީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 އެޕްރީލް 2023 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

 

05 އޭޕްރީލް 2023

14 I 1444

 

 

 

ޙާދިމްކުމް

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

05 އޭޕްރިލް 2023
ހޯދާ