ދިވެހިރާއްޖެ
ތާރީޚް: 5 އޭޕްރިލް 2023
ނަންބަރު: IUL)486-HR/1/2023/15)
އިޢުލާނު މިއޮފީހުން ކުރި ނަންބަރު: IUL)486-HR/1/2023/11) އިއުލާންއާ ގުޅިގެން އިންޓާން މަޤާމަށް އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިއިއުލާނާ ގުޅިގެން ކުރިން މިމަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ. |
މަޤާމް: |
އިންޓާން |
ބޭނުންވާ އަދަދު |
01 (އެކެއް) |
މުއްދަތު: |
2023 ނޮވެންބަރު 17ގެ ނިޔަލަށް |
މަސައްކަތްކުރަންޖެހޭ ތަން: |
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް |
މަސައްކަތުގެ ވަގުތު: |
ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް |
ފެންވަރު ނުވަތަ ޝަރުތު: |
|
މަސައްކަތުގެ އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ)ގެ ރޭޓުން |
މައިގަނޑު މަސައްކަތް: |
|
އިންޓާންޝިޕްއަށް އެދި ހުށަހެޅުން
މިއޮފީހުގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 އޭޕްރިލް 2023 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- އިންޓާންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އެހެނިހެން:
- މިޢިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
- މިއޮފީހުން އެދޭ ފެންވަރަށް މިއިންޓާރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
- މަތީގައިވާ މަޤާމުގެ ޕްރެކްޓިކަލް އަދި އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ފުރުޞަތު ނުދެވޭނެ އެވެ.
- އިންޓާނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢްލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 13:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
14 ރަމަޟާން 1444