ދިވެހިރާއްޖެ
ހއ.ބާރަށުގައި ދުއްވާ އެއްގަމާއި، ކަނޑު އަޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް މީގެ ކުރިން މިކައުންސިލުން މަސައްކަތްކޮށްފައިވީނަމަވެސް އެކަމަށް ބޭނުންވާ މަޢުލޫމާތުތައް ލިބިފައިނުވާތީ، ދަފްތަރު އެކުލަވާލެވިފައެއް ނުވެއެވެ.
ނަމަވެސް މި ދަފްތަރު އެކުލަވާލުމަކީ ނުހަނު މުހިންމު ކަމަކަށްވާތީ، ރަށުގައި ދުއްވާ އެއްގަމާއި، ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކޮޕީ، އެ އުޅަނދަކާއި ރަށުން ހަވާލުވެހުރި ފަރާތުގެ ނަމާއިއެޑްރެސް އަދި ފޯނު ނަމްބަރާއިއެކު 20 އޭޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލާއި ޙިއްސާކުރުމަށް ދެންނެވީމެވެ.
އަދި ރަށަށް އަލަށް އުޅަނދު އެތެރެކުރާ ފަރާތްތަކުންވެސް އެ އުޅަނދެއް ރަށަށް އެތެރެކުރާތާ 3 ދުވަހުގެ ތެރޭގައި މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރުމަށް ދެންނެވީމެވެ. ހަމައެގޮތަށް ދިގުމުއްދަތަށް ރަށުން ބޭރުކުރާނަމަވެސް މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. މި އިޢުލާންގައިވާ މުއްދަތު ހަމަވުމަށްފަހު ކައުންސިލުން ދޭ ޙިދުމަތްތައް ދިނުމުގައި ބަލާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމުގައިވެސް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ރަޖިސްޓްރީ ކޮޕީއާއި މަޢުލޫމާތު ފޮނުއްވާނީ:
ވައިބަރ:7930016
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
14 ރަމަޟާން 1444
04 އޭޕްރީލް