ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 އޭޕްރިލް 2023 10:22 ގައި ބާތިލް ކުރެވިފައެވެ.
ކުރިޔަށް އޮތް 9 މަސްދުވަހުގެ މުއްދަތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ، ގާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު
ވެވޭ އެއްބަސްވުންތަކާމެދު ގާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް
ކޯޓުތަކުގަ އާއި ޓްރައިބިއުނަލް ތަކުގައި މި އޮފީހުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2023 އެޕްރީލް 9 ވާ އާދީއްތަ ދުވަހުގެ 10:00 ކުރިން މި އޮފީހުގެ
3010996 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.، އަދި
2023 އެޕްރީލް 16 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމަށް ވަޑައިގެން ބިޑްހުށަހެޅުއްވުމަށް
ދަންނަވަމެވެ.