ދިވެހިރާއްޖެ
ޑިމޮގްރެފިކް އެންޑް ހެލްތް ސަރވޭ 2014-2015 އަށް ބޭނުންވާ ސާވަރއެއް ހޯދުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/262)ފ(25 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ތިންފަރާތް ހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، ޑިމޮގްރެފިކް އެންޑް ހެލްތް ސަރވޭ 2014-2015 އަށް ބޭނުންވާ ސާވަރއެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
15 ރަބީޢުލްއައްވަލް 1436