މަޤާމުގެ މަސްޢޫލިއްޔަތު:
|
- ހަވާލުކުރެވޭ ފެކަލްޓީ / ސެންޓަރުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ހޯދުމުގެ މަސައްކަތްކޮށް، ކަނޑައެޅޭ މުއްދަތައް ރިޕޯޓްތައް ހޯދައި، ރިޕޯޓް ލިބުމުން މުސާރަ އާއިބެހޭޝީޓް ތަކަށް މައުލޫމާތު އެޅުން.
- ކޮންމެ ދުވަހެއްގައިވެސް އެދުވަހެއްގައި ލިބޭ ވަޒީފާއާއި ބެހޭ ޗިޓްތަކާއި، މުސާރަ އާއި ގުޅޭ މެމޯތައް މުސާރަ ދިނުމަށް ހަމަޖެހިފައިވާ ދުވަހާ ހަމައަށް ބަލަހައްޓައި، އެ ލިޔުމަކާ އެއްގޮތަށް މުސާރަ ޝީޓަށް އެންޓަރ ކުރުން.
- ހަވާލުކުރެވޭ ފެކަލްޓީ / ސެންޓަރު ތަކުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް، ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން ކުރުން.
- މުސާރައާއި އެލަވަންސް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމުން، މުސާރަ ސްލިޕްތައް އެ މުވައްޒަފުންނަށް ރައްދުކުރުން.
- އެޗް.އާރު. ސިސްޓަމް ބަލަހައްޓައި ފެކަލްޓީ އަދި ސެންޓަރ ތަކުގައި ދިމާވާ މައްސަލަތައް ވެރިންނާ ވާހަކަ ދައްކައިގެން ޙައްލުކުރުން.
- އަލަށް ޕެންޝަން ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.
- ބިދޭސީ މުވައްޒަފުންގެ ވާރކް ޕާރމިޓް ފީ،އިންޝުއަރެންސް އަދި ވިސާ ހަމަޖެއްސުމުގެ ކަންތައް ކުރުން.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރުމަށް އިދާރީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެރިން އަންގާ އުޞޫލުގެ ދަށުން ކުރުން.
- ޔުނިވަރސިޓީގެ ފެކަލްޓީ/ސްކޫލް/ސެންޓަރު/ކެމްޕަސް ތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ޑިއުޓީތައް އެޗް.އާރް ސިސްޓަމަށް އަޅައި ހާޟިރީތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2023 އެޕްރީލް 11 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2023-0048
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|