މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީކުރުމަށް ހުޅުވާލުން

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ސޮޕިންގ" އުސޫލުން (ޖުމްލަ އަގު 35,000/- (ތިރީސް ފަސްހާސް) ރުފިޔާއިން ދަށުގެ) މި އިދާރާއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.

ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 2023 އެޕްރީލް 18 ވަނަ ދުވަހުގެ 13:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު 6580072 އާ ގުޅުއްވުން އެދެމެވެ.

ވެންޑަރ ރަޖިސްޓްރޭޝަން ފޯމުގެ ލިންކް https://forms.gle/gQKy3W5DWPBkYRRJ8

‏15‏ ރަމަޟާން‏ 1444

04 އޭޕްރިލް 2023
ހޯދާ