ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސީލިންގ މައުންޓު (48000 ބީޓީޔޫ) ގެ 4 އެއަރ ކޮންޑިޝަން ސަޕްލައި ކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސީލިންގ މައުންޓު (48000 ބީޓީޔޫ) ގެ 4 އެއަރ ކޮންޑިޝަން ސަޕްލައި ކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު: TENDER/HMH/2023/020

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސީލިންގ މައުންޓު (48000 ބީޓީޔޫ) ގެ 4 އެއަރ ކޮންޑިޝަން ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 09 އޭޕްރިލް 2023ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

11 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 އޭޕްރިލް 2023ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

 

4 އޭޕްރިލް 2023

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

04 އެޕްރީލް 2023
ހޯދާ